މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ޗައިނާގެ 3 މަންޒިލަކަށް

މޯލްޑިވިއަނުން އަންނަނީ ވައިޑް ބޮޑީ އެއަރކްރާފްޓުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އަލަށް ގެންނަ ވައިޑް ބޮޑީ އެއަރކްރާފްޓްގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ތިން މަންޒިލަކީ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގ އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު އެ އެއަރކްރާފްޓް އޮތީ ސިންގަޕޫރުގައި ކަމަށާއި، އޭގެ އައު ލިވަރީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް ބުނެއެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ ވައިޑް ބޮޑީގެ އޮޕަރޭޝަންތަކާއެކު އަހަރަކު 60،000 ފަސިންޖަރުން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ކުންފުންޏަށް މާލީ ގޮތުން ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ޗީފް ސްޓްރެޓިޖިސްޓް މުޙައްމަދު ސައްފާޙް ވިދާޅުވީ ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޔޫރަޕަށް ވެސް އޮޕަރޭޝަންތައް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއަރކްރާފްޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. އޭގައި އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް އަދި ޕްރިމިއަމް ކްލާސްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy