މައުރޫފް ޖަމީލް
ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ތަޙުޤީޤު ކުރަމުންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މައުރޫފް ޖަމީލު އައްޔަނުކޮށްފިއެވެ.
މައުރޫފް އެ މަޤާމަށް އައްޔަންކޮށްފައި މިވަނީ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ފަޒުލްގެ އިސްތިއުފާ ދީފައިވަނީ ހުޅުމާލޭން ބިން ދޫކުރުމާއި ވިނނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ. މި މައްސަލަތަކާ ގުޅިގެން ފަޒުލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
މައުރޫފް ޖަމީލަކީ މި ސަރުކާރުން އެކުލަވާލި ހައުސިން ކޮމިޓީގެ މެންބަރެކެވެ. އޭނާއަކީ އާކިޓެކްޓެއް ކަމަށްވާއިރު، ހުޅުލޭ ފަޅު ހިއްކައި ހުޅުމާލެ ތަރައްޤީކުރުމުގެ ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މައުރޫފްގެ ތަޖުރިބާގެ ތެރޭގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ މިނިސްޓަރުކަމާއި، އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައިވުން ހިމެނެއެވެ. އަދި އޭނާއަކީ އާކިޓެކްޗަރ ހެރިޓޭޖުގެ ދާއިރާއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ.
އެޗްޑީސީގެ އައު އެމްޑީ އައްޔަނުކޮށްފައިވާއިރު، "ބިންވެރިޔާ" މަޝްރޫޢާ ގުޅުން ހުރި މައްސަލަތަކަކާއި، ހުޅުމާލޭ ފޭސް 2 އިން ނުއަގުގައި ބިންތަކެއް ވިއްކި ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، އެޗްޑީސީން ބުނެފައިވަނީ އުސޫލުން ބޭރުން އެއްވެސް ބިމެއް ވިއްކާފައި ނުވާ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް