ކުރީގެ މާލީ ވަޒީރު ޑރ. ޝަފީޤު
މާލީ ވަޒީރުގެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުޙައްމަދު ޝަފީޤު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަންކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ވެބްސައިޓުން ދައްކާގޮތުގައި ޝަފީޤު އެޗްޑީއެފްސީގެ ބޯޑު މެމްބަރެއްގެގޮތުގައި އައްޔަންކުރައްވާފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރައްވަނީ ޕީސީބީ އިންނެވެ.
ޝަފީޤު ވަނީ މީގެކުރިން ވެސް އެޗްޑީއެފްސީގެ އިސް މަޤާމެއް އަދާކުރައްވާފައެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަޤާމުގައެވެ.
މާލީ ވަޒީރުގެ މަޤާމަށް ޝަފީޤު އައްޔަން ކުރެއްވީ 17 ނޮވެމްބަރ 2023 ގައެވެ. އެ މަޤާމުން އޭނާ އިސްތިއުފާދެއްވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ.
އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 އިންސައްތަ ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް