ބިއުޓިފުލް ބުލޫ މައިކަޕް: އިރަމާއިން ސެންސިޓީ ކޮޅަށް ލަނޑު ގޯންޏެއް

އިރަމާ އަދި ސެންސިޓީ ބައްދަލު ކުރި މެޗްގެ ތެރެއިން

ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް”ގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކުލަބް އިރަމާއިން ކާމިޔާބު ކޮށްފިއެވެ.

އެގޮތުން މިއަދު ހަވީރު ކުރިއަށް ދިޔަ މެޗްގައި ކުލަބު އިރަމާއިން ވަނީ ސެންސިޓީ ކޮޅަށް 8 ލަނޑުޖަހާ ފަސޭހަ ކަމާއެކު މުބާރާތުގެ ފުރަތަމަ 3 ޕޮއިންޓް ހޯދާފައެވެ.

މެޗް ފެށިގެން ނިމެންދެންވެސް މުޅި މެޗް ކޮންޓްރޯލް ކޮށްފައިވަނީ އިރަމާއިންނެވެ. އިރަމާއެއް ގޯލަށް ނުރައްކާވާނެ އެންމެ ޙަމަލާއެއްވެސް ސެންސިޓީއަށް އުފެއްދިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ހާފްގައި 6 ލަނޑު ކާމިޔާބު ކުރިއިރު، ދެވަނަ ހާފްގައި ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. ސެންސިޓީއަށް އެންމެ ލަނޑެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއަދުގެ މެޗްގައި ކްލަބު އިރަމާގެ މުޙައްމަދު އަޙްމީމް އާއި ސާނިޢުގެ އިތުރުން ޝާފިޢު (ކޮރާ)ގެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިއަދުގެ މެޗްގައި ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްދިނުމުގައި މި 3 ކުޅުންތެރިން ވަނީ މުޙިއްމު ދައުރެއް އަދާކޮށްފައެވެ. ކުޅުންތެރިންނެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝާފިޢު އެވެ.

ކުލަބު އިރަމާގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ކުޅިމަގާ ދެކޮޅަށެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހުގެ ރޭ 8:15 ގައެވެ. ސެންސިޓީގެ ދެވަނަ މެޗްގައި ނިކުންނާނީ އެންވީކޭއާ ދެކޮޅަށެވެ.

މިއަދުގެ މެޗްގައި ލަނޑުޖެހި ކުޅުންތެރިން:

ސާޖިދު - 1

ޝާފިއު - 2

ސާނިއު - 2

އަޙްމީމް - 1

ސަމީރު - 2

IMG_3477.jpg

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރުން

މި މުބާރާތަށް ކުލަބު އިރަމާއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، އެ ޓީމުގައި އިޖިޕްޓަށް ނިޞްބަތްވާ ކުޅުންތެރިއަކުވެސް ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް އިހަވަންދޫގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު ސާނިއު (ސާންޓޭ)، އިބްރާހިމް ޝިފާޒް (ޝިފަރޭ)، ޙަސަން ޒަކީ، މުޙައްމަދު ރިޝްފާން (ރިޗަޑޭ)ގެ އިތުރުން މޫސާ ވަޙީދު ހިމެނެއެވެ. އަދި އިހަވަންދޫ ސުކޫލު ގުރޭޑް 10 ގައި ތަޢުލީމު ޙާސިލް ކުރަމުންދާ ދެ ދަރިވަރުން ކަމުގައިވާ ޙަސަން ނިޔާޒް އާއި ޙުސައިން ސުހާން ހިމެނެއެވެ. މިއީ އިހަވަންދޫގައި ފުޓުބޯޅައިގައި ވިދަމުން އަންނަ ދެ ކުޅުންތެރިންނެވެ.

މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.  2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

22 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

52 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy