ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް -- އަވަސް ފޮޓޯ
ހަގީގީ މާނާގައި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ތަންފީޒު ކުރާނެ ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށާއި މިއަދު ފެނިގެން މިދަނީ އެ މަންޒަރު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް މުއިއްޒު ކޮރަޕްޝަނާ ދެކޮޅަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅު ތަކާބެހޭ ގޮތުން އެމްއެމްޓީގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ހުންނަވާނީ ރައްޔިތުންގެ ފަޅީގައިކަން ފާހަގަ ކުރައްވާ ޝަކީލް ވިދާޅުވީ އެ ފަޅީގައި ހުންނަވާ ބޭފުޅަކު ފުރަތަމަ އިސް ކުރައްވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި އެހެންވެ، ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރުމުގެ ފުރުސަތު އެމަނިކުފާނު ނުދެއްވާނެ ކަމަށެވެ.
ޝަކީލް ވިދާޅުވީ ރައީސް މުއިއްްޒުގެ ޒައާމަތުގައި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏަކާ ގުޅޭ އެފަދަ ތުހުމަތެއް ހަމަ ކުރެވުމާ އެކު ރައީސް އެކަން ބައްލަވާނެ ކަމުގެ ޔަގީން ދެއްވަމުން ޝަކީލް ވިދާޅުވީ އެއީ މިހާތަނަށް އައިއިރު، ފެންނަން އޮތް ހަގީގަތް ކަމަށެވެ.
އޭނާ ވިދާޅުވީ ކަން މިހެން އޮތްއިރު، އިދިކޮޅުން ނުކުމެ، މި ސަރުކާރުގައި ކޮރަޕްޝަނެއް ނުބާލާނެ ކަމަށް ބުނެ، ފިތުނަ އުފައްދަން އުޅުނަސް، ސަލާމަތް ބުއްދިއެއް ހުރި މީހަކު އެ ފަދަ ވާހަކަތައް ގަބޫލު ނުކުރާނެ ކަމަށެވެ.
ކުރީގެ ސަރުކާރަށް ފާޑުކިޔުއްވަމުން ޝަކީލް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަން ރުފިޔާއެއް ގާތް ރަހުމަތްތެރީންނަށް ބަހާ ހުސްލީ ކަމަށާއި އެކަމަކު އޭގެން އެއްވެސް ކަމެއް އޭރު ނުބަލާ އެކަންކަން ދިފާއު ކުރެއްވީ ކަމަށެވެ.
"އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އާރުޑީސީން ތޭރަ މިލިއަން ރުފިޔާގެ ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނީމަ އެކަން ބަލައިގެން ނުވާނެ ކަމަށް އެންގި ނޫންތޯ؟ ހަމަ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގަ ތިރީސް މިލިއަން ރުފިޔާގެ ވެންޓިލޭޓަރު ވައްކަމަށް ކިހިނެއްތޯވީ؟ އޮއްވާލީ ނޫންތޯ؟ މިއީ އޭރު ދައުލަތުން ރޭވިގެން ކުރި މައްކަންތަކެއްގެ ވާހަކަ މި ދަންނަވަނީ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ކުންފުނީގެ ވެރީންނަށް ރައީސް ދެއްވާ އިރުޝާދުތަކުގައި ވެސް ވަކި މީހަކަށް ވަކި ގޮތެއް ހަދައިފި ނަމަ ނުވަތަ އުސޫލުގެ ބޭރުން ކަމެއް ކޮށްދީފި ނަމަ، އެމީހަކާ މެދު ހަގީގީ މާނައިގައި ޒީރޯ ޓިލެރެންސް ތަންފީޒު ކުރައްވާނެ ކަމުގެ އިންޒާރު އެމަނިކުފާނު ތަކުރާރު ކުރައްވާ ކަމަށާއި ފެނިގެން މި ދިޔައީ އެކަން ކަމަށެވެ.
"މި ފަހުން ކޮރަޕްޝަނާ ގުޅޭގޮތުން މި އައި ތުހުމަތުތައް ނޫނީ މި ދެކެވެންދާ ވާހަކަތައް ބެލުމަށް ޓަކައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާ. އެ ހެޔޮ ކިތަންމެ ކުޑަ ކުންފުންޏެއް ވިޔަސް ކިތަންމެ ބޮޑު ކުންފުންޏެއް ކަމަށް ވިޔަސް. ހެޔޮ ކޮންމެ ތަނެއްގަ ކޮންމެ މަގާމެއްގަ ހުންނެވި ބޭފުޅެއް ނަމަވެސް. މި ކީއްވެތޯ؟ އެމަނިކުފާނު އެ ހުންނެވީ ރައްޔިތުންގެ ފަޅީގަ،" ޝަކީލް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ގައުމުގެ ހާލަތު އޮތީ މީގެން ދުވަހަކު އަރައިނުގަނެވޭ ފަދަ އަނދިރި ވަޅުގަނޑެއްގައިކަން ކަމަށް ވިދާޅުވެ، ޝަކީލް ފާހަގަ ކުރެއްވިގޮތުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވެ، ރާއްޖޭގެ ބައިތުލްމާލު ވެސް ވަނީ ހުސްކޮށްލާފަ އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް