އެމްޕީއެލުން އިހަވަންދޫގައި ޑޮކްޔާޑު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެމްޕީއެލް
ހއ. އިހަވަންދޫ ޑޮކްޔާޑް ތަރައްގީ ކުރުމަށް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އާއެކު އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އިހަވަންދޫގައި ޑޮކްޔާޑެއް ހެދުމާއި ހިންގުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލް ރައީސް އަހުމަދު ސޮބާހެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ސީއީއޯ ވަޖީހު ވިދާޅުވީ އަމާޒަކީ އިހަވަންދޫގައި ހަދައި މި ޑޮކްޔާޑަކީ އޮޑިވެރީންނަށް ބޭނުންވާ ފެންވަރުގެ ހިދުމަތްތައް ހެޔޮއަގުގައި ފޯރުކޮށްދޭ ތަނަކަށް ހަދުން ކަމަށެވެ.
ވަޖީހު ވިދާޅުވީ އެހެން ގޮތެއް ނެތިގެން ނޫނީ މި ޑޮކް ޔާޑުގައި މަސައްކަތް ކުރާނީ އިހަވަންދޫ ރައްޔިތުން ކަމަށެވެ.
"ޑޮކްޔާޑުގައި މަސައްކަތް ކުރާނީ އިހަވަންދޫ ރައްޔިތުން. ނަމަވެސް ފަހަރެއްގައި އިހަވަންދޫގައި އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމަށް މީހުން ނުތިބެ ދާނެ. އެހެން ވެއްޖެ ނަމަ ޖެހިދާނެ ރާއްޖެއިން ބޭރުން ނޫނީ ރާއްޖޭގެ އެހެން ރަށަކުން މީހަކު ގެންނަންވެސް،" ވަޖީހު ވިދާޅުވި އެވެ.
އޭގެ އިތުރުން، އިހަވަންދޫގައި ތިބި، އެކި ދާއިރާތަކުން ތަޖުރިބާ ހޯދަން ބޭނުންވާ ކުދިން މާލެ ގެނެސްގެން، މުސާރައާ އެކު އެމްޕީއެލްގެ ޓްރެއިނިން ސެންޓަރު ތަކުގައި ބައިތިއްބައިގެން ކިޔަވައިދޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވީ އެމްޕީއެލުން އެ ރަށުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަކީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ކާމިޔާބީއެއް ކަމަށެވެ.
"މިފަދަ އިންވެސްޓްމެންޓް ތަކަކީ ވަރަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް. ވަރަށްބޮޑު ލުއިފަސޭތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް،'" ސޮބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައު ސަރުކާރާ އެކު އެމްޕީއެލް ފެނިގެން ދިޔައީ ވަރަށް ހަރަކާތްތެރިކަމާ އެކު ބުރަ މަސައްކަތް ތަކެއް ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާއި އެގޮތުން ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި ޕްރޮޖެކްޓައް ފަށާފައިވާ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެ ރަށުގައި ޑޮކްޔާޑެއް ހެދުމަށްޓަކައި އެއް ލައްކަ އަކަފޫޓުގެ ބިމެއް ކައުންސިލުން ދޭނެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް