--
ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް މާދަމާ އިހަވަންދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހއ އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކުގެ ސަރުކާރު މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި، ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ޒުވާނުންނަށް ހުޅުވާލައިގެން، ކްލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައިކަޕް ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަށް މުޅި އިހަވަންދޫ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
މައިކަޕް ފުޓްބޯޅަ މުބާރާތުގައި، ބައިވެރިވާ ޓީމްތައް ދެ ގްރޫޕަކަށް ބަހާފައިވާއިރު، އިހަވަންދޫ ޓީމްތައް ހިމެނިފައިވަނީ ގްރޫޕް “އޭ” ގައެވެ. އަދި ރަށުންބޭރު ޓީމްތައް ހިމެނިފައިވަނީ ގްރޫޕް “ބީ” ގައެވެ.
މިމުބާރާތް ކުރިޔަށްދާނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ލީގް އުސޫލުން ގްރޫޕް ސްޓޭޖްކުޅެ، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
ގުރޫޕް އޭ:
ކްލަބް އިރަމާ
ސެން ސިޓީ
ކުޅިމަގު
އެންވީކޭ
ގްރޫޕް “ބީ”
ބީބީ ބްރަދާސް - ހދ.ނޮޅިވަރަން
އުލިގަން
ތުރާކުނު އާރު.ސީ
ހޯރަ ޔުނައިޓެޑް
ހީވެސްނުވޭ
މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކްލަބް އިރަމާ އަދި ސެންސިޓީއެވެ. މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީމާދަމާ ރެއެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް