ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހައުސިންގ މިނިސްޓްރީ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި އެޗްޑީސީން އުސޫލުތަކާ ޚިލާފަށް ގޯތި ދިން މައްސަލައާ ދެމެދު ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން އެޗްޑީސީން އުސޫލާ ޚިލާފަށް ގޯތި ދޫކުރި މައްސަލައިގެ ތަޙުޤީޤާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، އެޗްޑީސީ މައްސަލައާއި އަލިފާނުގެ ހާދިސާއާ ދެމެދު ގުޅުމެއްވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ޖިނާއީ ތަޙުޤީޤު ކުރިއަށްދާއިރު އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުގައި އެއްވެސް ލިޔެކިޔުމެއް ނުލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި މައްސަލައިގައި އެޗްޑީސީން ހެކި ނައްތާލުމަށް މަސައްކަތްކުރިކަންވެސް އަދި މިހާތަނަށް ފާހަގަކުރެވިފައި ނުވޭ. މި މައްސަލަ މިހާތަނަށް ތަޙުޤީޤުކުރިއިރު، ބައެއް ކަންކަން ފާހަގަކުރެވިފައިވޭ. ފުލުހުން ވަނީ މި މައްސަލައިގައި މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފަ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ބިންވެރިޔާ ސްކީމުން ޝަރުޠު ހަމަނުވާއިރުވެސް ބިން ނުލިބިގެން ޝަކުވާކުރުމުން ބައެއް ފަރާތްތަކަށް ގޯތި ލިބިފައިވާކަމާއި، އެޕާޓްމަންޓަށް އެދުނު ފަރާތްތަކަށްވެސް ގޯތި ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ކަންކަން ހިނގާފައިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް މައްސަލަ ހުރިކަން ފާހަގަކުރެވިފައިވަނީ 3 ލޮޓެއްގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއަރމަން ފިޔަވައި ޑިރެކްޓަރުންގެ މުޅި ބޯޑު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެޗްޑީސީގެ އޮޑިޓަރުން ވަނީ މިވަގުތަށް އެ ކުންފުނީގެ އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށްވެސް އަންގާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް