ގޯތި މައްސަލައިގައި ފަޒުލް ބައިވެރިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް: ފުލުހުން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު --

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ސުވާލު އުފެދޭ ގޮތަށް ހުރި ލިޔެކިޔުން ތަކާ ގުޅޭގޮތުން ހަ ފަރާތަކާ މިހާތަނަށް ސުވާލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކާ ބެހޭ ގޮތުން ވެސް މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށެވެ.

"ފަޒުލްއަކަށް އަޅުގަނޑުމެން އަދި މިހާ ހިސާބަކަށް އެއްވެސް ތުހުމަތެއް ނުކުރަން. އެއްވެސް ފަރާތެއް މިކަމުގައި ޝާމިލްވާ ކަން ނޫނީ ގޯހެއް ހަދާފަ އޮތް ކަމަށް ނުދަންނަވަން. އަޅުގަނޑުމެން މި ބަލަނީ މި ޑޮކިއުމެންޓް ތަކަކީ ސައްހަ ޑޮކިއުމެންޓްތަކެއްތޯ. ތަހުގީގު އަދި ކުރިއަށް މިދަނީ. ތަހުގީގުގެ ތެރެއިން ވަކި ބަޔަކަށް ތުހުމަތު ކުރެވޭ ނަމަ އެ މައުލޫމާތު ތިޔަބޭފުޅުންނާ ހިއްސާ ކުރަމުން ގެންދާނަން،" ފުލުހުން ބުންނެވެ.

މައްސަލައާ ގުޅޭ ހެކި ނައްތާލުމުގެ މަސައްކަތް އެޗްޑީސީގައި ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތު ތަކެއް ކުރަމުންނެވެ.

ފުލުހުން ބުނީ އެޗްޑީސީން އެ މައްސަލައިގެ ހެކި ނައްތާލުމުގެ އެއްވެސް ކަމެއް ކުރިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އެ އިދާރާ އިން ކުރާ ތަހުގީގަށް ބޭނުންވި ހުރިހާ މައުލޫމާތެއް ވެސް ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އައު ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން މިއަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ވަނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައާ ގުޅޭ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި އޭސީސީއަށް އަމުރު ކުރައްވާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy