ގޯތި ލިބުނު ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު --

ބިންވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ދޫކުރާ ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ ވަލީދު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަމަށާއި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށެވެ. މިއީ ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައި ދެއްވި ޔަޤީންކަމެކެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށްޓަކައި، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްޤީޤު ނިމެންދެން ސަސްޕެންޑް ކުރައްވާފައިވާކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހައި މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޟުލް ރަޝީދު ޕީސީބީން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނުކުންނަގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި 9،000 އަށްވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ސްކީމަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy