ބިންވެރިޔާ ސްކީމްގެ ގޯތި ދިނުމުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފައި ނުވާނެ: އެޗްޑީސީ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ މީޑިއާގައި ފެތުރެމުންދާ ބައެއް ޚަބަރުތަކާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށާއި، އެ މިނިސްޓްރީން ގޯތި ދޭން ނިންމާފައިނުވާ އެއްވެސް ފަރާތަކަށް އެޗްޑީސީން ގޯތި ދީފައި ނުވާނެ ކަމަށެވެ.

މީޑިއާގައި މިހާރު ފެތުރެމުންދާ ގޯތީގެ މައްސަލައަކީ އެޗްޑީސީން ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލައެއް ކަމަށް ފަޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޗްޑީސީއަށް މައްސަލަ ފާހަގަވީ ދެ ގޯއްޗެއްގައި ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅީ އެޗްޑީސީން އިސްނަގައިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުންދާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި އެޗްޑީސީން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ގޯތިތައް ހަވާލުކުރުމުގައި އަމިއްލަ މަޞްލަޙަތު ގެންގުޅުނު ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަންފާއަށް ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޖަވާބުދާރީވާން ނުކެރޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy