އެމްއެންޔޫއިން އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރަން ފަށަނީ

އެއްބަސްވުމުގައި ސޮއިކުރުން / ފޮޓ::އެމްއެންޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން މޯލްޑިވްސް ގުޅިގެން، ގައުމަށް ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވުނު ރަސްމިއްޔާތުގައި، އެސޯސިއޭޝަންގެ ފަރާތުން ޗެއަރޕާސަން އާމިނަތު ތޫހާ އަދުލީ ސޮއިކުރެއްވި އިރު، ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވފައި ވަނީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެވެ.

އެމްއެންޔޫއިން ހާމަކުރި ގޮތުގައި، މިހާރު ރާއްޖޭގައި މަސައްކަތްކުރަނީ އެންމެ ތިން ދިވެހި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނެވެ. އެހެންކަމުން، މި ދާއިރާއަށް ބޭނުންވާ ފަންނީ ޚިދުމަތްތެރިން ތަމްރީނުކުރުމަކީ ޔުނިވަރސިޓީން އިސްކަންދޭ ކަމެކެވެ.

ޔުނިވަރސިޓީން ފަރުމާކޮށްފައިވާ ހަތަރު އަހަރުގެ އޮކިއުޕޭޝަނަލް ތެރަޕީ ޑިގްރީ ކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ދާއިރާގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިން އެކުލަވާލާފައިވާ ކޯހެކެވެ. މި ކޯހަކީ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ފުރަތަމަ ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓް ކުރެވޭ ކޯސް ކަމަށްވެސް އެމްއެންޔޫއިން ބުނެފައިވެއެވެ.

މި ކޯހުގެ ސަބަބުން ދަރިވަރުންނަށް އިންޑަސްޓްރީއާ ގާތް ގުޅުމެއް އުފެދި، އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެމްއެންޔޫއިން ފާހަގަކޮށްފައިވެއެވެ. އަދި ކޯހުގެ ތައްޔާރީތައް ދަނީ ކުރިއަށް ކަމަށާއި، އަންނަ އަހަރުގެ ދެވަނަ ޓާމުގައި ކޯސް ފެށުމަށް އަމާޒުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy