ސައިބަރ ކުށްތައް ހުއްޓުވުމަށް ތިން ޤާނޫނަކަށް އިސްލާހު ގެނެސް ރައީސް ތަސްދީގުކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާ ބިލް ތަސްދީގުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ސައިބަރ ކްރައިމް ނުވަތަ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހުތައް ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައި އިސްލާހުގެ ދަށުން، ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅުއްވައި ސައިބަރކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ކުށްތައް އިތުރުކުރެވުނެވެ. މީގެ ތެރޭގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުމާއި، ސައިބަރ ވަޔަލަންސްގެ އަމަލުތައް ހިމެނެއެވެ.

ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އަދި ސައިބަރ ކުށްތައް ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

މި އިސްލާހުތަކުގެ ސަބަބުން ސައިބަރ ކުށްތައް ހުއްޓުވުމަށް ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ. މި ތިން ބިލު ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy