ހެނބަދުގެ ގެޔަކަށް ފެންވަދެފައި / ފޮޓޯ:އެމްއެންޑީއެފް
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ނ. ހެނބަދޫއަށް ބޯކޮށް ވާރޭ ވެހި ގެތަކަށް ގެއްލުން ވެއްޖެއެވެ.
ހެނބަދޫ ކައުންސިލްގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 6:30 އިން ފެށިގެން އެ ރަށަށް ވެހެން ފެށި ވާރޭ ދެ ގަޑިއިރު ފަހުން ތުނިކޮށްލި އިރު މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ.
ގިނަ ގެތަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ހަލާކުވެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. ބައެއް ގެތަކުގައި 3 ފޫޓަށް ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކުގެ އެނދު ވެސް ހުރީ ފެނު އަޑީގައި ކަމަށާއި ބެޑްރޫމްސެޓްތައް ވެސް ދެން ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު އެ ރަށުގައި ފެން ހިންދާ ސިސްޓަމެއް ގާއިމްކޮށްފައިވީ ނަމަވެސް، މިއަދު ވާރޭވެހުނީ އެ ސިސްޓަމަށް ވެސް ނުކަތާ ވަރަށެވެ. ބޯކޮށް ވާރޭ ވެހެން ފެށިތާ ގަޑިއިރެއްގެ ތެރޭގައި ރަށުތެރޭގައި ފެންބޮޑުވެ، ބިމުގެ އަޑިން ވެސް ފެން އަރަން ފެށުމުން ހާލަތު އިތުރަށް ގޯސްވިއެވެ.
މީގެ އިތުރުން، ނަރުދަމާ ހަލާކުވެ، ރަށުތެރެއަށް ނަޖިސްފެން ލީކުވެފައިވާ ކަމަށާއި ބައެއް ގެތަކުން ކަރަންޓު ގޮސް، ގޭގައި ނުތިބޭ ވަރަށް ހާލަތު ގޯސްވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ސްކޫލަށާއި ރަށުގެ ކުނި ނައްތާލާ މެޝިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެނބަދޫގައި ބޮޑުވި ފެން ހިންދުމަށް ސިފައިން ވެސް މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއަކީ ފަހުގެ ތާރީހެއްގައި ހެނބަދޫއަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ރަޝީދު ވިދާޅުވިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް