ނައިޖީރިއާގެ ފޯވާޑް، އަޑެމޯލާ ލުކްމަން
އެފްރިކާގެ މައި ފުޓްބޯޅަ ޖަމިއްޔާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޓަލަންޓާ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް، އަޑެމޯލާ ލުކްމަން އަށް ލިބިއްޖެ އެވެ.
މި މަގާމަށް ލުކްމަންއާ ވާދަކުރީ މޮރޮކޯގެ އަޝްރަފް ހަކީމީ، އައިވަރީ ކޯސްޓްގެ ސިމޯން އަޑިންގްރާ، ގިނީގެ ސޭހޫ ގިރާސީ އަދި ދެކުނު އެފްރިކާގެ ރޮންވެން ވިލިއަމްސް އެވެ.
27 އަހަރުގެ ލުކްމަން ވަނީ މިދިޔަ އަހަރު ކާމިޔާބު ސީޒަނެއް ނިންމާލާފައެވެ. އޭނާ ވަނީ އެޓަލަންޓާއާ އެކު ޔޫރޮޕާ ލީގު ހޯދުމުގެ އިތުރުން ނައިޖީރިއާއާ އެކު، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ރަނަރަޕަށް ގޮސްފައެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި ބަޔާ ލެވަކޫސަން އަތުން އެޓަލަންޓާ މޮޅުވި މެޗުގައި ލުކްމަން ހެޓްރިކެއް ހެދިއެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މޮޅު ކުޅުމެއް ދައްކައި ތިން ގޯލު ޖެހި ލުކްމަން ވަނީ މުބާރާތުގެ ޑްރީމް ޓީމުން ޖާގަ ހޯދައިފައެވެ. އޭގެ އިތުރުން މި ފަހަރުގެ ބެލޮންޑިއޯ އެވޯޑުން އޭނާއަށް ލިބުނީ 14 ވަނައެވެ. މި ވަގުތު އެޓަލަންޓާ އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތްއިރު ލުކްމަން ވަނީ މި ސީޒަނުގައި މިހާތަނަށް އަށް ގޯލު ޖަހައިފައެވެ.
ނައިޖީރިއާގެ ކުޅުންތެރިންނަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މި ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކީ ވިކްޓަ އޮސިމެން އެވެ. އަދި އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ޒިމްބާބްވޭގެ ފޯވާޑް ބާބްރާ ބަންޑާ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް