އިންޑިއާއަށް ގެއްލުންވާގޮތަށް ލަންކާގެ ބިން ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ޑިސަނަޔަކަ ދެއްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ލަންކާގެ ރައީސް

އިންޑިއާއަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކުރުމަށް ސްރީ ލަންކާގެ ބިން ބޭނުން ނުކުރެވޭނެ ކަމުގެ ޔަގީންކަން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ދެއްވައިފިއެވެ.

މި ޔަގީންކަން އޭނާ ދެއްވާފައި ވަނީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވެރިރަށް ނިއު ދިއްލީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިސަނަޔަކަ ވަނީ މީގެ ދެ އަހަރު ކުރިން ލަންކާއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ގޮންޖެހުންތަކުގައި އިންޑިއާއިން ދިން އެހީތެރިކަމުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުން ވަނީ ޑަބަލް ޓެކްސް ނެގުން ހުއްޓުވުމަށާއި ދެ ގައުމުގެ މެދުގައި ގާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރަން އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މޯދީ ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ. މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ހަކަތައާއި ޑިޖިޓަލް އަދި ފިޒިކަލް ކަނެކްޓިވިޓީގެ އިތުރުން އިންވެސްޓްމަންޓުތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ އެއްބަސްވުންތަކުގެ އިތުރުން ހައިޑްރޮގްރަފީގެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރުމާއި ސަމްޕޫރު ސޯލާ ޕަވާ ޕްރޮޖެކްޓާއި، ލަންކާގެ އެތެރޭގެ ރޭލު ޚިދުމަތް، އަދި ދެ ގައުމުގެ ފެރީއާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފަދަ މައުޟޫއުތަކަށްވެސް އަލިއަޅުވާލެވުނެވެ. އަދި މޯދީ ވަނީ ކަނޑުގެ ސަލާމަތާއި ސައިބާ ސެކިއުރިޓީއާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

މިއީ ޑިސަނަޔަކަ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރުގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޑިސަނަޔަކަ ވެރިކަމަށް ވަޑައިގަތީ ލަންކާ ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy