ހަސަން ކުރުސީގެ އެކްސް އެކައުންޓު ސަސްޕެންޑުކޮށްފައިވާ ސްކްރީން ޝޮޓެއް —
ދިވެހީންގެ މެދުގައި މަގުބޫލު، އެކްސް އެކައުންޓު ހަސަން ކުރުސީ، އެކްސް އިން ސަސްޕެންޑު ކުރުމާ ގުޅުވައިގެން އޮންލައިން ކެމްޕެއިނެއް ފަށައިފި އެވެ.
މިއީ ހޭޝްޓެގް #ބްރިންގްބެކްއެޗްކުރުސީ ނަމުގައި އޭނާއަށް ތާއީދު ކުރާ މީހުން ސޯޝަލް މީޑިޔާގައި ހިންގައި ކެމްޕެއިނެކެވެ.
ސާޅީސް ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި މި އެކައުންޓު އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައި ވަނީ ފާއިތުވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ދުވަސްވަރެވެ.
މީގެ ކުރިންވެސް ހަސަން ކުރުސީ ސަސްޕެންޑް ކޮށްފައިވެ އެވެ. ނަމަވެސް މިއީ އެންމެ ގިނަ ވަގުތަށް މި އެކައުންޓް ޑިއެކްޓިވޭޓް ކުރި ފުރަތަމަ ފަހަރެވެ.
އެކައުންޓް ސަސްޕެންޑު ކުރުމުގެ ފަހަތުގައި ވަނީ ސަރުކާރާއި ސަޕޯޓަރުން ކަމަށް އޭނާއަށް ތާއީދުކޮށް ކެމްޕެއިން ކުރާ މީހުން ތުހުމަތުކުރެ އެވެ. އަދި ކުރުސީގެ އެކައުންޓަކީ ކަރަޕްޝަންގެ އަމަލުތައް ފަޅާއަރުވާ އެފަދަ ކަންކަން ހުއްޓުވުމަށް މުހިންމު އެކައުންޓެއް ކަމަށް އެ މީހުން ބުނެއެވެ.
އެ އެކައުންޓް ސަސްޕެންޑް ކުރުމަކީ ސަރުކާރާ ދެކޮޅު މީހުންގެ އަޑު ކަނޑުވާލައި ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފައުޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް އެފަރާތް ތަކުން ސިފަކުރެ އެވެ.
މިއެކައުންޓަކީ ސާބިތުނުހިފޭ މައުލޫމާތު ފަތުރާ އެކައުންޓެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތް ތަކުން ތުހުމަތު ކުރެ އެވެ.
ސަރުކާރު ސަޕޯޓަރުން ބުނަނީ މި އެކައުންޓް ސަސްޕެންޑު ކުރަން މިހާރު މާ ލަސް ވެއްޖެ ކަމަށެވެ.
އެމީހުން ބުނާ ގޮތުގައި ކުރުސީއަކީ މުޖުުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ އެކައުންޓެކެވެ.
ސާބިތު ނުހިފޭ ދޮގު ވާހަކަ ފެތުރުމާއި މީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރުމުގައި ކުރުސީ، 24 ގަޑިއިރު މަސައްކަތް ކުރާ ކަމަށް ވެސް ސަރުކާރު ސަޕޯޓަރުން ބުނެ އެވެ.
ކުރުސީ އެކައުންޓް ހުއްޓުވުމަށް ސަރުކާރުންނާއި ސިޔާސީ ފަރާތް ތަކުން ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އަދި ހަސަން ކުރުސީއަކީ ކާކުކަން ދެނެގަތުމަށް ޓަކައި ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.
ހަސަން ކުރުސީ އަކީ ރައީސް ނަޝީދު ކަމަށް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވާއިރު، އަނެއްބައި މީހުން ބުނަނީ އެ ނަމުގައި އެކައުންޓެއް ހިންގަނީ ނަޝީދުގެ ދަރިކަނބަލުން މީރާ ކަމަށެވެ.
ފުލުހުން ކުރަމުން އަންނަ ތަހުހީގަށް ވެސް ހަސަން ކުރުސީއަކީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައެއްނުވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް