ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމުހޫރިއްޔާ ދަރުބާރުގެއަށް ވަޑައިގެން މުއައްޒފުންނާއި ބައްދަލުކުރެއްވުން /ފޮޓޯ:ރައީސް އޮފީސް

ތިން ވުޒާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ތަކެތީގެ އަގު ނުކުރެވޭނެ ކަމަށާއި  ނަމަވެސް، އައު ހިތްވަރަކާއި އަޒުމަކާއެކު އެ ހާދިސާއިން އަރައިގަނެ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދި ވަޑައިގަންނަވައިފިއެވެ.

ދަރުބާރުގޭގައި މިހާރު ހިންގަމުންދާ ތިން ވުޒާރާއަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި ހާދިސާއަކީ ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ހިތްދަތިކަން ގެނުވި ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގައި މަސައްކަތުގެ ވަރަށް ގިނަ މަޢުލޫމާތުތަކާއި މުވައްޒަފުންގެ އަމިއްލަ ތަކެތި ވެސް ގެއްލިގެން ގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް ހިތްވަރުކޮށްގެން ކުރިއަށް ދާންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ، މުވައްޒަފުންގެ ކެތްތެރިކަމާއި ހިތްވަރަށް ޝުކުރު އަދާކުރެއްވިއެވެ.

ދާއިމީ ހައްލެއްގެ ގޮތުން، ސަރުކާރުގެ އިމާރާތެއްގައި މި ވުޒާރާތައް ހިންގުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ވީހާވެސް އަވަހަކަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކެތްތެރިކަމާއި އެކުވެރިކަމާއެކު، އެއް ޓީމެއްގެ ގޮތުގައި ހިތްވަރާއެކު ކުރިއަށް ދިއުމަށް ރައީސް މުވައްޒަފުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ގެއްލުނު މަޢުލޫމާތުތައް އަލުން އެއްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy