ތައިލެންޑުގެ ސަފީރަކަށް ރާއްޖެއިން ކަނޑައެޅި ފުއާދަށް ފަތްކޮޅު އެރުވުން — ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީގު މިއަދު އައްޔަން ކުރައްވައިފި އެވެ.
ފުއާދަށް މަގާމުގެ ފަތްކޮޅު ރައީސް ދެއްވީ، މިކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަރުކާރަށް 35 އަހަރު ހިދުމަތް ކުރައްވާފައިވާ ފުއާދު ސަފީރު ކަމަށް، އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. އޭނާއަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ފުއާދު އީސީގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އައު ގާނޫނޫ އަސާސީގެ ދަށުން ފުރަތަމަ އެކުލަވައިލި ކޮމިޝަނަށް 2008 ވަނަ އަހަރު އެެވެ.
އީސީގެ މެންބަރެއްގެ ގޮތުގައި ފުއާދު ހޭދަ ކުރެއްވި 10 އަހަރުގެ މުއްދަތުގައި އޭނާ ވަނީ އެ ކޮމިޝަނަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ބުރަ މަަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ. އަދި ގިނަ ބައެއްގެ އިތުބާރާއި ލޯބި މިލްކު ކޮށްގެން ހުންނެވި ބޭފުޅެއްވެސް މެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް