ހައްޔަރުކުރެވުނު މީހާ / ފޮޓޯ: ޕޮލިސް
ރަސްފަންނު ސަރަހައްދުގައި ދެ އަންހެނެއްގެ ގައިގައި އަތްލާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ސްރީ ލަންކާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވާގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ސަންޖަޔާ ކުމާރު ކިޔާ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ބަންދު އަމުރުގައިވާ ގޮތުން، ސަންޖަޔާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އޭނާ ބުނެފައިވަނީ މީހެއްގެ ގައިގައި އަތް ލާފައެއް ނުވާނެ ކަމަށާއި، ކުރިމަތިން ދިޔައިރު އަންހެން މީހާ އެނބުރިފައި އޭނާގެ ގައިގައި އަތްލީކަމަށް ބުނި ކަމަށެވެ. އަދި، ރާއްޖޭގައި އުޅޭތާ ދޮޅު އަހަރު ވެއްޖެ ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް އެ އަމުރުގައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުންދާ މައްސަލަތަކަކަށް ވާތީ، މިފަދަ ހާދިސާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް