އޮޅުވެލިފުށީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށް ނިންމައިފި

މި ސަރުކާރުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދޭ

ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމައި، ނިޒާމުތައް ޓެސްޓްކޮށް ނިމިފައިވާ ކަމަށެވެ.

ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 9.71 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި، ފެން އުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބަހައްޓާފައިވެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 3 ތާނގީ ބަހައްޓައި، ގޭގޭގައި ފެން މީޓަރުތައް ހަރުކޮށް ފެނުގެ ކަނެކްޝަން ގެތަކަށް ގުޅާފައިވެއެވެ.

ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.56 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި، އިދާރީ އިމާރާތެއް އަޅާފައިވެއެވެ. މީގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުގައި 4 ޕަންޕިން ސްޓޭޝަން ބަހައްޓައި، ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ ޤާއިމްކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 18 ވަނަ ދުވަހުއެވެ. ސަރުކާރުން މި މަޝްރޫޢަށް 80 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި މަޝްރޫޢު ނިމުމުން އޮޅުވެލިފުށީގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy