އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު
ގާތްގަނޑަކަށް 12 އަހަރު ވަންދެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އާއިލާގެ މައުލޫމާތު މިދިޔަ ޖުލައި މަހު 'އިމިގްރޭޝަން ވޮޗު'އަށް ލިބިފައިވާ ކަމަށެވެ.
ޝަމްއާން ވިދާޅުވީ މިހާރު ކުރަމުންދަނީ އެ އާއިލާ ފުރުވާލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމެންޓުތައް ފޮރިން މިނިސްޓްރީއާ ގުޅިގެން ހޯދުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހަ މެންބަރުންގެ އާއިލާއެއް ކަމަށާއި އެ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ވަނީ ހަމަވެފައި ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު، މައްސަލައިގައި ހިމެނޭ އިސްފަރާތްތައް މިދިޔަ 23 އޮކްޓޫބަރުގައި ވަނީ އިމިގްރޭޝަނަށް ހާޒިރުކޮށްފައި ކަމަށް ޝަމްއާން ވިދާޅުވި އެވެ. އަދި ޓެރެވެލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް އެ މީހުން ރާއްޖޭން ފުރުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" ޝަމްއާންގެ ޕޯސްޓް ނިންމާލަމުން ވިދާޅުވެފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް