ރައީސް މުއިއްޒު، މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ — ފޮޓޯ/ ރައީސް އޮފީސް
އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑދ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ. އަތޮޅުގެ ބައެއް ރަށްރަށަށްކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރި ކަމުގެ ބަޖެޓަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭ ކަމަށެވެ.
އޭގެ އިތުރުން މަހިބަދޫގެ އިހުތިސާސްގައި ހިމަނާފައިވާ މާފަރު ފަޅު ހިއްކައި ތަރައްގީ ކުރުމުގެ ކޮންސެޕްޓު ފަރުމާ ކުރުމުގައި ވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މަހިބަދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫން ކަމަށާއި، މުޅި ސަރަހައްދަށް އެ ފައިދާ ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މާފަރު ފަޅަކީ، އާބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީ ވެގެންދާ ތަނަކަށް ވާނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މަހިބަދޫ ރައްޔިތުން ކަންބޮޑުވުން ފާއުޅު ކުރާ އުމްރާނީ ތަރައްގީގެ އިތުރުން، މާނަވީ ތަރައްގީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަން ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް