މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މިސްބާހު ޝަރީފް -- ފޮޓޯ/ ޕޮލިސްް
ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭ ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި މައްސަލާގައި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުރި އެ މުޒާހަރާއިން ދެ ޑްރައިވަރަކު ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ.
އެއީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން، 33 އެވެ.
އެ ދެ މީހުންނަށް ވެސް ވަނީ ފަސް ދުވަހުގެ މުއްދަތު ކޯޓުން ޖަހައިދީފަ އެވެ.
އެ މީހުން ބަންދު ކުރި މައްސަލަ އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކުކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅުވައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރީ މއ. ނަހީދީމަންޒިލް/ މިސްބާހު ޝަރީފު (31އ)، ކަމަށެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރީ ކުންފުންޏަކާ ހަވާލު ކޮށްގެން ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމަށް ނިންމާފައި ވާތީ. އެކަމާ ދެކޮޅަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް