ބްލިންކެން އާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ބައްދަލުކުރައްވަނީ
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން، ސޫރިޔާގައި ހަމަޖެހުން ޤާއިމުކުރުމުގެ މަޝްވަރާތަކަށް ތުރުކީއަށް ވަޑައިގެންފިއެވެ.
މި ދަތުރުގައި ބްލިންކެން ވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާ ބައްދަލުކުރައްވާފައެވެ.
ދެ ފަރާތުން ސޫރިޔާގެ މިހާރުގެ ހާލަތާމެދު މަޝްވަރާކުރެއްވިއެވެ. އުރުދުޣާން ގޮވާލެއްވީ ސޫރިޔާގެ މުއައްސަސާތައް އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ބްލިންކެން ފާހަގަކުރެއްވީ ސޫރިޔާގައި އެންމެންގެ ބައިވެރިވުން އޮތް ޒިންމާދާރު އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށް ތުރުކީން ގެންގުޅޭ ވިސްނުން އެމެރިކާއިންވެސް ހިއްސާކުރާކަމަށެވެ. އަދި އައިއެސް ޖަމާޢަތް ބަލިކުރުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ. އެމެރިކާއިން ތާއީދުކުރާ އެސްޑީއެފްއަކީ ތުރުކީން ޓެރަރިސްޓް ޖަމާޢަތެއްކަމަށް ބަލާ ޕީކޭކޭގެ ގޮތްޕެއްކަމަށް ތުރުކީން ދެކެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް