ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް
މެންޗެސްޓާ ޔުނައިޓެޑުން މި ވަގުތު ފޯކަސް ކުރަމުން އަންނަނީ އެ ކްލަބްގައި ހުރި "މައްސަލަތައް" ހައްލުކުރުމަށް ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
މާދަމާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަމޮރިމް ބުނީ، ސިޓީގެ މިހާރުގެ ފޯމަށް އޭނާ ނުވިސްނާ ކަމަށެވެ.
"އަހަރެމެން ކުޅެން މި ޖެހެނީ ވަރަށް ރަނގަޅު ޓީމަކާ. އަހަރެމެން ވިސްނަންވީ އަމިއްލަ މައްސަލަތަކަށް، އަހަރެންގެ ފޯކަސް އަކީ އަހަރެމެން ރަނގަޅުކުރަން ހުރި ކަންތައްތައް،" އަމޮރިމް ބުންޏެވެ.
އަމޮރިމް، ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ސްޕޯޓިން ލިޒްބަންގެ ކޯޗަކަށް ހުރެ، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އަތުން ވަނީ 4-1 އިން މޮޅުވެފައެވެ. ނަމަވެސް އޭނާ ބުނީ އެ މެޗާއި ކުރިއަށް އޮތް މެޗާ ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށެވެ.
"ސިޓީ އަކީ ވަރުގަދަ ޓީމެއް. އެ ޓީމަށް ކުރީގެ ފޯމުގައި ކުޅެލަން މާ އުނދަގުލެއް ނުވާނެ. ކުޅެން ޖެހޭ ވައްޓަފާޅި ނޫނީ ސިސްޓަމް ދެނެގަނެގެން ކުޅެލަން ބަލާއިރު، އަހަރެމެންނަށް ވުރެ އެ މީހުންގެ ގޭމް ވިސްނުން އަދި ރަނގަޅުވާނެ. އަހަރެމެން މި އަންނަނީ އެކަންކަން ދަސްކުރަމުން،" އަމޮރިމް ބުންޏެވެ.
އަމޮރިމް އިތުރަށް ބުނީ، ޔުނައިޓެޑަކީ އަބަދުވެސް އިންގްލެންޑްގައި އޭނާ ކޯޗުކޮށްދޭން ބޭނުންވި ޓީމު ކަމަށާއި އޮފާ ލިބުމާ އެކު އަވަހަށް ފުރުސަތުގެ ބޭނުންހިފީ އެހެންވެ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް