ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު -- މިހާރު ފޮޓޯ
އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ފުލެޓް ލިސްޓުގެ މައުލޫމާތު ތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމެންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހިންގަމުން އައި މ. ގްރީން ބިލްޑިންގުގައި އިއްޔެ ރޯވި އަލިފާންގަނޑު، ކޮންޓްރޯލްވީ، ރޯވިތާ ހަތަރު ގަޑިއިރު ފަހުންނެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުގެ މަސައްކަތުން އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނުއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލްގެ އޮފީސް ވަނީ އަނދާ ހުލިވެފަ އެވެ.
މިނިސްޓަރު ހައިދަރު، ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލެޓް ލިސްޓުގެ މައުލޫމާތާއި ގެދޮރުވެރިކަމުގެ މަޝްރޫއު އާއި އަދި ބިންވެރިޔާ ސްކީމުގެ މައުލޫމާތު ރައްކާ ކުރަމުން އައީ ކްލައުޑުގައި ކަމަށެވެ.
އެހެންވެ، ސާވާ އަށް ގެއްލުމެއް ލިބުނަސް، އެ މައުލޫމާތެއް ކުލައުޑުން ލިބެން ހުންނާނެ ކަމަށާއި އެއީ ދުރަށް ވިސްނައިގެން މިނިސްޓްރީން ކޮށްފައި މަސައްކަތެއް ކަން ހައިދަރު ފާހަގަ ކުރެއްވި އެވެ.
"ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތަކާއި ގެދޮރުވެރި ކަމުގެ މަޝްރޫ އާއި ބިންވެރި ކަމުގެ މަޝްރޫއުގެ ހުރިހާ މައުލޫމާތެއް އަޅުގަނޑުމެން ރައްކާ ކުރަމުން ގެންދިޔައީ ކަލައުޑުގަ. އެހެންވީމަ އަދި ސާވާ އަށް ގެއްލުމެއް ލިބުނަސް އަޅުގަނޑުމެނަށް އެ މައުލޫމާތު ކްލައުޑުން ލިބެން ހުންނާނެ،" ހައިދަރު ވިދާޅުވި އެވެ.
"އެހެންވީމަ އެ ހުރިހާ މައުލޫމާތެއް ހުންނާނީ ރައްކާ ކުރެވިފަ. އެއަކަށް އެއްވެސް މައްސަލައެއް ނުޖެހޭނެ އަލިފާނުގެ ހާދިސާ އަކުން،"
ހައުސިން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އިތުރު ތަފުސީލު ފަހުން ހިއްސާކުރަމުން ދާނެ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް