އިރުތިޝާމް، ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރަސްގެފާނަށް އަރުވައިފި

އިނގިރޭސި ރަސްގެފާނަށް އިރުތިޝާމް ފަތްކޮޅު އެރުވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރަސްގެފާން ޗާލްސް އަށް އަރުވައިފި އެވެ.

އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިނގިރޭސި ރަސްގެފާން ޗާލްސް ތިން ވަނަ އަށް އެރުވުމުގެ ރަސްމިއްޔާތު، ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގައި އޮތީ އިއްޔެ އެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ކިންގް ޗާލްސް މަރުހަބާ ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ރަސްމިއްޔާތުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ، އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ރަސްގެފާނު ވިދާޅުވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދު ކުރައްވައި އިރުތިޝާމް ވަނީ އިނގިރޭސިވިލާތާއި ރާއްޖޭގެ މަސްލަހަތު އެކުލެވޭ ދާއިރާ ތަކުގައި ދެ ގައުމު ގުޅިގެން ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނަށް ދެއްވާފަ އެވެ.

ރަސްމިއްޔާތަށްފަހު އިނގިރޭސިވިލާތުގައި އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ހާއްސަ ރިސެޕްޝަނެއް، ސެއިންޓް ޖޭމްސް ކޯޓް ލަންޑަން- އަ ތާޖް ހޮޓަލުގައި ބޭއްވި އެވެ.

އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯ ގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާޓިނޭޒް އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން ޔޫކޭ ޕާލިމަންޓަރީ ގުރޫޕުގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމުއިއިއްޔާ ޖަމާއަތް ތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިން އަދި މީޑިޔާ ބައިވެރިވި އެވެ.

އިރުތިޝާމް، 25 އަހަރު ހާރިޖީ ދާއިރާގައި ހިދުމަތް ކުރެއްވިއިރު ބައެއް ގައުމުތަކުގައި ހުންނަވާ ދިވެހި ސަރުކާރުގެ ސަފީރު ކަންވެސް ކުރައްވާފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy