އެމެރިކާގެ ޚާރިޖީ ވަޒީރު، ލާއިންސާނީ އަމަލުތަކަށް ހިއްވަރުދެއްވާ
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއާ ދެކޮޅަށް އެކްޓިވިސްޓުން ކޮންގްރެސްގައި އަޑުއުފުލައި، އޭނާ ހައްޔަރުކުރުމަށް ގޮވާލައިފިއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖަލްސާއެއްގައި ބްލިންކެން ބައިވެރިވި ވަގުތު، އިންސާނީ ޙައްޤުތަކާބެހޭ އެކްޓިވިސްޓުން އެތަނަށް ވަދެ، ބްލިންކެންއަކީ "ޣައްޒާގެ ޤާތިލު" ކަމަށް ސިފަކޮށް އަޑުގަދަކުރިއެވެ.
އެކްޓިވިސްޓުން ތިބީ އެމީހުންގެ އަތްތަކުގައި ރަތްކުލަ ހާކައި، ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ސިފަވާގޮތަށެވެ. މި މަންޒަރު ދުށް މީހުން ބުނާގޮތުގައި އެވަގުތު ބްލިންކެން ހުރީ ވަރަށް ދެރަވެފައެވެ.
އެމެރިކާގެ އިތުރުން ޔޫރަޕުގެ ޤައުމުތަކުގައިވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިސްރާއީލުގެ އިސްވެރިންނާއި އެމެރިކާގެ އިސްވެރިން ސިފަކުރަމުންދަނީ "ޣައްޒާގެ ޤާތިލުން"ގެ ގޮތުގައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޢަމަލުތަކަކީ އެމެރިކާގެ އެހީގައި ކުރިއަށްގެންދާ ކަންކަން ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ވެރިންނާއި އެމެރިކާގެ އިސްވެރިންނާ ދެކޮޅަށް ބައިނަލްއަށް ބައިނަލްއަޤްވާމީ ކޯޓުތަކަށް މައްސަލަތައް ހުށަހަޅާފައިވެއެވެ.
އެމެރިކާއަކީ ކުރިންވެސް އިރާޤު އަދި އަފްޣާނިސްތާނުގައި ގިނަ އަދަދެއްގެ އާންމުން މަރާލާފައިވާ ޤައުމެކެވެ. އަދި ބައިނަލްއަޤްވާމީ ކޯޓުތަކަށް ބިރުދައްކަމުންދާ ޤައުމެއްގެ ގޮތުގައިވެސް އެމެރިކާ ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް