މުޙައްމަދު އިސްމާޢީލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވައިލައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަކީ އިސްލާމްދީން ގަބޫލު ކުރާ ބައެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި މައްސަލަ ބަަލައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާ ޖަލްސާ ޕީއެސްއެމުން ލައިވް ކުރިއިރު، ގުރުއާންގެ ކަލިމައެއް އުނިކޮށް ދެއްކުމުން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މުޙައްމަދު އިސްމާޢީލް ވަނީ އެމްޑީޕީ މެމްބަރުންނަކީ އިސްލާމް ދީން ގަބޫލު ކުރާ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ލާދިނީ ފިކުރުގެ ބައެއް ކަމަށެވެ.

"މިބޭފުޅުންނަކީ ކީރިތި ގުރުއާން ކީއްކުރަންތޯ އިސްލާމް ދީން ވެސް ގަބޫލުކުރާބައެއް ނޫން" މުޙައްމަދު އިސްމާޢީލް ވިދާޅުވި އެވެ.

މެމްބަރު އިސްމާޢީލްގެ ވާހަކަތައް ކުށްވެރިކުރައްވައި އަބްދުﷲ ޝާހިދު، ޓްވިޓާގައި ކުރެއްވި ޕޯސްޓުގައި ވަނީ އެމްޑީޕީ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ކުރާ ބައެއްނޫން ކަމަށް ވިދާޅުވެ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މުޙައްމަދު އިސްމާޢީލް ދެއްކެވި ވާހަކަ ކުށްވެރިކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި ދިވެހި ރައްޔިތް ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެ ކަން ކަނޑައަޅައިފައި ވާތީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާ ގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާ ގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަ ދެއްކުމަކީ މަނާ ކަމެކެއް ކަމުގައި ވެސް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެމްބަރުންނަކީ، މުސްލިމުން ނޫން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީ ގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މި މައްސަލަ އަވަހަށް ބައްލަވައި، އެކަށިގެންވާ ފިޔަވަޅު އެޅުމަށް ގޮވައިލަން" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

38 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

1 ގަޑިއިރު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

12 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy