އަލިފާނާ ގުޅިގެން ހަތް ގޭބިސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް

އަލިފާނާ ގުޅިގެން ހާލުގައި ޖެހުނު ބަޔަކަށް އެހީވަނީ --

ހައުސިން މިނިސްޓްރީގައި އަލިފާން ރޯވުމާ ގުޅިގެން ގެދޮރު ދޫކޮށްލަން ޖެހުނު މީހުން ވަގުތީ ހިޔާތަކަށްް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން، ފެތުރި އެ އިމާރާތް ވަނީ އަނދާ އަޅިއަށް ވެފަ އެވެ. އަދި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ "ގްރީން ބިލްޑިން"އަށް އެ އަލިފާން ފެތުރި އެ އިމާރާތުގެ ބޮޑު ބައެއް ވެސް ވަނީ އަނދާފަ އެވެ.

މި ހާދިސާއާ ގުޅިިގެން އެ ސަރަހައްދާ ކައިރި ގެ ތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން ސޯސަލް ސެންޓަރުގައި ވަނީ އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ހަދައިފަ އެވެ.

މި ހާދިސާ ހިނގައިގެން އުޅު ވަގުތު އެ ސަރަހައްދުން ވަނީ މީހުން ހުސްކޮށްފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ތިން އިމާރާތެއްގެ ހަތް ގޭބީސީއަކުން 29 މީހަކު ވަގުތީ ހިޔާ ތަކަށް ބަދަލު ކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ކަމަށެވެ.

 އެއީ، 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. ދުމުގެ އަސަރުކޮށްފައި ވަނީ މ. ލޯކަށިގެ އާއި މ. ކުދިމާވިލާ އަދި މ. ލޫބިޔާ އަށެވެ.

 އެންޑީއެމްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، އެހީތެރިކަން ބޭނުންވެގެން އެ އޮތޯރިޓީއަށް 50 ރިޕޯޓެއް ލިބިފައިވެ އެވެ.

މިހާރުވަނީ އެ ސަރަހައްދުގައި ރޯވެފައިއޮތް އަލިފާންގަނޑު ކޮންޓްރޯލުކޮށްފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy