ބްރޯޑްކާސްޓިންގ ކޮމިޝަނަށް މުހަންމާ އާއި މުއާޒު އައްޔަނުކުރަން ރައީސް އެދިވަޑައިގެންފި

އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަޤާމަށް، އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު އަލީ އައްޔަނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ބްރޯޑްކޮމްގެ ދެ މަޤާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މި މަހުގެ ފަހަކަށް ހަމަވުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ 12 ބޭފުޅުންގެ ނަންތައް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މުހަންމާ އަކީ ފިލްމީ ދާއިރާއިން މަޤުބޫލުކަން ހޯދި، އަދި ފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ދައުރުގައި މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

މުއާޒަކީ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ކުރިން ދައުލަތުގެ މީޑިއާގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީއަށް ސޮއިކުރައްވާފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

49 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy