މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 50 އަށްވުރެ ގިނަ މީހުން ސޯޝަލް ސެންޓަރަށް ގެންދަނީ

އަލިފާނުގެ ހާދިސާގައި ތިން މިބިސްޓްރީއަކަށް ގެއްލުން ލިބިފައިވޭ

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ 50 އަށްވުރެ ގިނަ މީހުން ސޯޝަލް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ވަނީ ހާމަކޮށްފައެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ޕީއެސްއެމްގެ ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ގުޅިގެން އިވެކުއޭޝަން ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 50 އަށްވުރެ ގިނަ މީހުން ސޯޝަލް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭއިން އަންދާޒާކުރާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރަށް ގެންދެވޭ ފަރާތްތަކުން 4 އާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް އެތަނުގައި ހޭދަކުރަން ޖެހިދާނެއެވެ. އަދި އެތަނުގައި ތިބޭ މުއްދަތުގައި ކެއުމާއި ބުއިމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރަން ޖެހުނީ މިވަގުތު އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންޑީއެމްއޭއިން ވަނީ ދުމުގެ އަސަރުކޮށްފައިވާ ނުވަތަ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި މީހުން ގެތަކަށް ބަދަލުކުރަން ޖެހޭ އަދަދު ފުރިހަމައަށް ދެނެގަތުމަށް އިތުރު ވަގުތު ނަގާނެ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy