ޔޫކްރެއިންއަށް ހަތިޔާރާއި ފައިސާ ނުދޭނަން: ޓްރަމްޕް

އެމެރިކާގެ އިންތިހާބީ ރައީސާއި ޔުކުރޭނުގެ ރައީސް

ޔޫކްރެއިން ހަނގުރާމައަކީ ކޮށްގެންވާނެ ހަނގުރާމައެއް ނޫން ކަމަށާއި، އޭނާގެ ވެރިކަމެއްގައި ރަޝިއާއާ ކުރިމަތިލުމަށް ޔޫކްރެއިންއަށް ހަތިޔާރާއި ފައިސާ ނުދޭނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޓްރަންޕު މި ފަދައިން ވިދާޅުވެފައި ވަނީ ފްލޮރިޑާގައި ދެއްވި ބަޔާނެއްގައެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ ޓީމުން ރަޝިއާއާއި ޔޫކްރެއިންއާ ނުރަސްމީ މުއާމަލާތްތަކެއް ކޮށްފައިވާއިރު، ދެ ގައުމުވެސް އޮތީ އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓާލާ ގޮތަށެވެ. އަދި ހަނގުރާމަ ހުއްޓުމަށްފަހު ޔޫކްރެއިން އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ޓީމުން ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިއާއެކު ޑީލެއް ހެދުމާބެހޭ ވާހަކަތަކެއް ގެންދަނީ އެ ދެ ގައުމާއެކު ނުރަސްމީކޮށް ދައްކަމުންނެވެ. ނަމަވެސް ވެރިކަމުގެ ހުވާކޮށް ރަސްމީކޮށް ވެރިކަމާ ހަވާލުވުމުގެ ކުރިން އެމެރިކާގެ ނަމުގައި މިފަދަ ކަންކަން ކުރުމަކީ އިންތިޚާބީ ރައީސަކަށް ގާނޫނު ތަންދޭ ކަމެއް ނޫނެވެ.

ރޮއިޓާސް އިން ބުނާގޮތުގައި ޓްރަމްޕްގެ ޑީލްގައި ހިމެނެނީ ރަޝިއާ ޔޫކްރެއިނުން ހިފާފައިވާ ބިންތައް ރަޝިއާއަށް ދިނުމާއި، ޔޫކްރެއިން ނޭޓޯއަށް ނުވައްދާނެކަމުގެ ޔަގީންކަން ރަޝިއާއަށް ދިނުމެވެ. މީގެ ބަދަލުގައި ޔޫކްރެއިންއަށް ގޯނާ ނުކުރާނެކަމުގެ ޔަގީންކަން ރަޝިއާއިން ދޭނެ ކަމަށާއި، ޔޫކްރެއިންގެ ބާކީހުރި ބިންތަކަށް ނޭޓޯއިން ޚާއްސަ އުސޫލެއްގެ ދަށުން ހިމާޔަތް ދޭނެ ކަމަށެވެ.

ޔޫރަޕްގެ ގައުމުތައް މި ޑީލްއާ ވަރަށް ދެކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މިއީ ރަޝިއާގެ އުދުވާނަށް އިނާމު ދިނުން ކަމަށް ބެލެވޭތީއެވެ. އަދި މިކަމުގެ ނަތީޖާއަކަށްވާނީ ރަޝިއާ ޔޫރަޕްގެ އެހެން ގައުމަކާ ދެކޮޅަށް ހަނގުރާމަ ފެށުން ކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy