މާޅޮހު ކައުންސިލުން 492,867 ރުފިޔާ ގެއްލިފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

އއ. މާޅޮސް

އއ. މާޅޮހު ކައުންސިލްގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި 2017 އަދި 2018 ވަނަ އަހަރު ކައުންސިލްގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން ނަގާފައިވާ ފައިސާގެ ތެރެއިން 492,867 ރުފިޔާ ވަނީ ގެއްލިފައެވެ.

މި ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ގެއްލުނު ފައިސާގެ ތެރޭގައި ހިމެނެނީ ބޭންކް އެކައުންޓުން ނަގާފައިވާ ފައިސާގެ ތެރެއިން ތިޖޫރީއަށް ނުވައްދައި ހުރި 255,584 ރުފިޔާއާއި، ކައުންސިލް އިދާރާގެ އެކި ބޭނުންތަކަށް ކަމަށް ބުނެ ލިޔެކިޔުންތައް އޮޅުވާލައިގެން ނަގާފައިވާ 112,500 ރުފިޔާއެވެ. މީގެ އިތުރުން މުސާރައިގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ނަގާފައިވާ 82,579 ރުފިޔާއާއި ބޭންކަށް ޖަމާކުރުމަށް ތިޖޫރީން ނަގާފައިވާ ފައިސާގެ ތެރެއިން ބޭންކަށް ޖަމާކޮށްފައިނުވާ 42,204 ރުފިޔާ ހިމެނެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލްގެ ކުރީގެ އެޑްމިން އޮފިސަރު ވަނީ ކައުންސިލްގެ ދެ ލައްކައެއްހާ ރުފިޔާ އަމިއްލަ ބޭނުމަށް ޚަރަދުކޮށްފައިވާ ކަމަށް އިއުތިރާފުވެފައެވެ. އަދި ބޭންކުން ފައިސާ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ނެގުމަށް، އަމިއްލައަށް ލިޔެކިޔުންތައް ތައްޔާރުކޮށް، ޗެކުގައި ކައުންސިލްގެ އިސްވެރިންގެ ސޮއި އަމިއްލައަށް ކޮށްފައިވާ ކަމަށްވެސް އިއުތިރާފުވެފައިވެއެވެ.

މި މައްސަލައިގައި ކައުންސިލްގެ އިސްވެރިންގެ އިހުމާލު އޮތް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ތަހުގީގުކޮށް، މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅު އެޅުމަށް ނަސޭހަތްދީ، ފިޔަވަޅު އެޅުމަށް އެ ރިޕޯޓުގައި ވަނީ އަންގާފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy