2034 ވޯލްޑް ކަޕް ސައުދީއަށް ލިބުމުން ރައީސް މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ދުނިޔޭގެ އެންމެ ބޮުޑު ފުޓްބޯޅަ މުބާރާތް 2034 ގައި އޮންނާނީ ސައިދީގައި

2034 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ބިޑު ސައުދީ އަރަބިއްޔާއިން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މި މަރުޙަބާގެ މެސެޖު ހިއްސާ ކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ސައުދީ އަރަބިއްޔާގެ މަޤްބޫލުކަމާއި ނުފޫޒު އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ސައުދީއަށް ލިބުނު ފަޚުރެއް ނޫން ކަމަށާއި، މުޅި އަރަބި ދުނިޔެއާއި އިސްލާމީ މުޖުތަމަޢުއަށްވެސް ލިބުނު ކާމިޔާބެއް ކަމުގައި ސިފަކުރެއްވިއެވެ.

ރައީސް މުއިއްޒު އުންމީދު ފާޅުކުރެއްވީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ވާދަވެރި މުބާރާތެއްގެ އިތުރުން އެއްބައިވަންތަކަމާއި، ސަގާފީ ގުޅުމާއި، އައު އީޖާދުތައް ފެންނާނެ ވޯލްޑް ކަޕަކަށް ވާނެ ކަމަށެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރުމަކީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އިސްނަންގަވައިގެން ހިންގަވާ އިޤްތިޞާދީ ސްޓްރެޓެޖީ "ވިޝަން 2030" ގެ ދަށުން ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއެވެ. މި ވިޝަންގައި ހިމެނެނީ އެކި ސަގާފަތުގެ މުޖުތަމަޢުއެއް ބިނާކުރުމާއި، ހިންގުންތެރި އިޤްތިޞާދެއް ބިނާކުރުމާއި ކާމިޔާބަށް މަސައްކަތްކުރާ ގައުމެއް ބިނާކުރުމެވެ.

ސައުދީއަށް ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބުމަކީ ކުރިން ވެސް ޔަޤީންވެފައި އޮތް ކަމެކެވެ. އެއީ ފީފާއިން ދިން ކުރު މުއްދަތުގެ ސަބަބުން އޮސްޓްރޭލިއާއިން ބިޑު ހުށަހެޅުމަށް އޮތް ޝައުޤުވެރިކަން ދޫކޮށްލުމާއެކު، އިތުރު ގައުމަކުން ކުރިމަތިނުލާތީ، އޮކްޓޯބަރު 2023 އިން ފެށިގެން ބިޑު ހުށަހެޅި ހަމައެކަނި ކެންޑިޑޭޓެއްގެ ގޮތުގައި އޮތީ ސައުދީ ކަމަށްވާތީއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy