މީރާއަށް އަންދާޒާ ކުރި ވަރަށްވުރެ އިތުރު އާމްދަނީއެއް ލިބިއްޖެ

މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީ، އަންދާޒާކުރި ވަރަށްވުރެ 19.7 އިންސައްތަ އިތުރުވެއްޖެ އެވެ.

މީރާއިން މިއަދު އާންމުކުރި ނޮވެމްބަރު މަހުގެ ޓެކްސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގައި މީރާއަށް 1.89 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 88.17 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރިސޯޓު ހަދަން ދިން ރަށްތަކުން ލިބުނު އިކުއިޒިޝަން ކޮސްޓް އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނާއި، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން، ލޭންޑް އިކުއިޒިޝަން އަދި ކޮންވާޝަންފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ފަދަ އެއްފަހަރާ ބޮޑު އަދަދެއް ލިބޭ ފީތައް ދައްކާފައިވާތީ ވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ލިބުނު ޓެކްސް އާމްދަނީއަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު ޓެކްސް އާމްދަނީއަށްވުރެ 13.2 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން ބުނާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 8.5 އިންސައްތަ އިތުރުވެފައިވުމަކީ ނި އަދަދު މަތިވުމުގެ އެއް ސަބަބެވެ.

މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1 ބިލިއަން ރުފިޔާ ނުވަތަ ޖުމުލަ އާމްދަނީގެ 57.9 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އިކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައެވެ. އެއީ 171 މިލިއަން ރުފިޔާ ނުވަތަ ޖުމުލަ އާމްދަނީގެ 9.1 އިންސައްތައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy