ބެންކޮކާއި ދުބާއީން އާސަން ހިދުމަތް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޖެނުއަރީން ފަށައިގެން ބެންކޮކް އަދި ތައިލެންޑުން އާސަންދަ ލިބޭނެގޮތް ވަނީ ހަމަޖައްސާފައި --

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފި އެވެ.

އާސަންދަ ކުންފުނިން ކުރި ޓްވީޓުގައި ބުނީ، އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް ސޮއިކޮށްފައި ވަނީ ތައިލެންޑުގެ ދަ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ތައިލެންޑުގެ ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލާ އެކު ކަމަށެވެ. މީގެ އިތުރުން ޔޫއޭއީއިން މި ހިދުމަތް ދިނުމަށް ސޮއިކޮށްފައި ވަނީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއެކު ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިން މަޢުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުންތަކުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެއެވެ.

މިހާރު އާސަންދަ ސްކީމްގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާ އަށެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވާނެ ކަމަށެވެ.

ސަރުކާރުން ވަނީ އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ޤައުމުތައް އިތުރުކުރުމުގެ އިތުރުން މުޅި ނިޒާމުވެސް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އަދި އާސަންދައިގެ ޚިދުމަތް ފުޅާކޮށް، މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިގެ ދަށުން ކުރެވޭނެ އިންތިޒާމްވެސް ސަރުކާރުންވަނީ ހަމަޖައްސަވާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy