ޖޫރިމަނާ ނުލާ ކަރަންޓު ބިލް ދެއްކޭ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާތީ، ހަނދާންކޮށްދީފި

ސްޓެލްކޯ ހެޑް އޮފީސް --

ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލް، ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދީ، ޖޫރިމަނާއާއި ނުލާ އެ ފައިސާ ދެއްކޭ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަން ސްޓެލްކޯއިން ހަނދާންކޮށްދީފި އެވެ.

އާންމުން މީސްމީހުން ދިރިއުޅޭ ގޭ ބިސީތަކުގެ ކަރަންޓާއި ފެން ބިލް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމަށް ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެވެ.

ސްޓެލްކޯއިން ބުނީ ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލު ތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމު ވާނީ މިދިޔަ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.

ޖޫރިމަނާ މައާފު ކުރަން ހަމަޖެހިފައި ވަނީ 2023 ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް ކަމަށެވެ. މި ބިލް ތަކަށް އެއްފަހަރާ ނޫނީ ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ކަރަންޓު ބިލު މައާފުކޮށްދީފައި ވަނީ އާންމު ދިރިއުޅުމަށް ބޭނުން ކުރާ ހިދުމަތުގެ ބިލު ތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު 31، ގެ ނިޔަލަށް ހުރި ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ބިލު ތަކަށެވެ.

ޖޫރިމަނާ މައާފު ކޮށްދީފައި ވަނީ އެ މުއްދަތުގެ ނިޔަލަށް ހަދާފައިވާ ބިލު ތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލު ތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، އެ މުއްދަތުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފު ކުރެވޭ ގޮތަށެވެ.

ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯ އިން ބުނީ ޖޫރިމަނާއާއި ނުލައި ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށް ވަގުތީގޮތުން އެޖަސްމެންޓެއް ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން ޖޫރިމަނާ މައާފުކޮށްދިނުމުން ވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފަށައިގެން ޖޫރިމަނާގެ ފައިސާ ހިމަނާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy