ރައީސް މުއިއްޒު ހިންމަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުން -- ފޮޓޯ/ ރައީސް އޮފީސް
ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލެ އަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމަކީ މި ސަރަހައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެގޮތުން ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގިފައި ވީ ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާއާއި ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ.
ހިންމަފުށީގައި ވެސް މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން ހުރިކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ސުކޫލްގެ ބައެއް ކަންކަން ކުރުމާއި ސިއްހީ ހިދުމަތުގައި، އިތުރުކޮށް ފުޅާ ކުރަން ހުރި ބައެއް ކަންކަން ޕީއެސްއައިޕީ ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެ ތެރޭގައި ހިނގާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ވަކިން އޮތް ރަސްމިއްޔާތެއްގައި، ވެމްކޯގެ ފަރާތުން ހިންމަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ ހިދުމަތް ގާއިމު ކުރުން ރައީސް ވަނީ އިފުތިތާހުކޮށްދެއްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް