ރައީސް މުއިއްޒު، އއ. މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރެވިފައިވާކަން، ސިޔާސީ ތައައްސަބު ތަކުން އެއްކިބާވެވަޑައިގެން ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށް ވެސް ފަހުމުވެވަޑައިގަންނަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ކަމަށެވެ. އަދި އެމަނިކުފާނަށް އެންމެ މުހިއްމީ ދިވެހި ރައްޔިތުން ކަމަށާއި މާތް ﷲ ގަންދީ ހުވާ ކުރެއްވީ ދިވެހި ރައްޔިތުންނާއި ގައުމުގެ ހިމާޔަތުގައި ކަންކަން ކުރައްވަން ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާހު ކުރި ފަސް މާއްދާގެ ތެރެއިން ވެސް މެންބަރުންގެ ގޮނޑި ގެއްލޭ މާއްދާގެ ވާހަކަ ދައްކާލެއް ގިނަ ކަމަށާއި ދެން އެ ހުރި މާއްދާ ތަކުގެ ވާހަކަ ނުވެސް ދައްކާ ކަމަށެވެ.
ގާނޫނު އަސާސީއަށް މި ސަަރުކާރުން ގެނައި ފަސް އިސްލާހުގެ މަގުސަދު، ރައްޔިތުންނަށް ސާފު ވާން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ އިސްލާހުތަކާ ގުޅޭ ގޮތުން ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފަ އެވެ.
ޕްރެޒެންޓޭޝަން ފައްޓަވަމުން ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ މަގުސަދަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަހައްދު އިއުލާންކޮށް ކަނޑައެޅުމާއި، ރައްޔިތުންގެ ބާރު ކަނޑައެޅުމާއި، ރައްޔިތުންގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ދައުލަތުގެ ގާނޫނީ ވެރިކަން ހިންގުމުގެ ނިޒާމާއި ތަރުތީބާއި އިންތިޒާމުތައް ކަނޑައެޅުންކަން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އެންމެ އަކަ އިންޗިއަކަށް ވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓުގެ އިތުރުން، 143،332 ރައްޔިތުންގެ ރުހުމާ ވެސް އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އަށް ގެނައި ބަދަލާ އެކު، ރާއްޖޭގައި އަސްކަރީ އެންމެ ބޫޓު ޖޯޑެއް ހަރަކާތްތެރިވުމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަންޖެހޭނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނު ތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދިނުން އިސްލާހުގެ ސަބަބުން މަަނާ ކުރެވިފައިވާ ކަމަށެވެ.
ޕްރެޒެންޓޭޝަން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތު ތަކަށް ގެނައި ބަދަލުން ވެސް ހިމާޔަތްކޮށް ދެނީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ.
އަދި މެމްބަރުން އިންތިޚާބުގައި ވާދަ ކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލު ކުރާ މީހެއްގެ ގޮތުން ކަމަށާއި، އެހެން ކަމުން، އިންތިހާބުވާ މެންބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު ވަނީ އަހުދެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ޢަހުދުގައި މެންބަރު އެއްބަސްވަނީ ޤާނޫނު އަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާ ކުރުމަށް ކަމަށާއި، ޤާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ސަބަބުން މެންބަރުން ވީ އަހުދު ހިމާޔަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ޕްރެޒެންޓޭޝަންގައި ވިދާޅުވީ ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސް ކުރަން ޖެހޭ ހާލަތް ތަކަށް ރިއާޔަތް ކުރައްވަމުން، ފެންނަ ނުފެންނަ ވޯޓާ މެދު ގޮތް ނިންމުމަށް، މަދު މީސްކޮޅެއްގެ މުށުތެރޭގައި އޮތް ބާރު، ގާނޫނު އަސާސީ އަށް ގެނައި އިސްލާހާ އެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ކަމަށެވެ.
މި ގެނައި ބަދަލަކީ ވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެ ވެސް ތަރައްގީގެ ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިސްލާހެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް