ތައިލޭންޑުގެ ސަފީރު ކަމަށް ފުއާދު ހަމަޖައްސަން މަޖިލީހުން ރުހުން ދީފި

ފުއާދު ތައުފީގު

ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާ ސަފީރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މި ކަމަށް ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވެ ތިއްބެވި 58 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މި މަހުގެ 3 ވަނަ ދުވަހު މަޖިލީހުގެ ކޮމިޓީން ވަނީ ފުއާދު ތައުފީގު ތައިލޭންޑު ސަފީރުކަމަށް އައްޔަން ކުރުމަށް ރުހުން ދީފައެވެ. ރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާންކުރާ ސަފީރުންގެ ޝަރުތުތައް ފުއާދުގެ ކިބައިގައި ހަމަވާކަމަށް ކޮމިޓީގެ 10 މެންބަރުން ވަނީ ކަނޑައަޅާފައެވެ.

ފުއާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސެކެވެ. އޭނާ އެ މަގާމުގެ ދެވަނަ ދައުރަށް އައްޔަން ކުރެވުނީ 2019 ގެ ނޮވެމްބަރު މަހުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުކަން ދެ ދައުރަށް ވުރެ ގިނަ ދައުރު އަދައެއް ނުކުރެވޭނެއެވެ.

ފުއާދު ތައުފީގުގެ ދެވަނަ ދައުރު ހަމަވުމާ ގުޅިގެން އޭނާ އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy