ސޫރިއާގެ ރައީސް ބައްޝާރުލް އަސަދު ރަޝިއާގައި ހުންނެވި ކަމަށް ރިޕޯޓުތަކުން ބުނެފި

ބައްޝާރުލް އަސަދު އިރާނުގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވަނީ

ސޫރިއާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ މިހާރު ތިއްބެވީ ރަޝިއާގައި ކަމަށް ރަޝިއާގެ ނޫސް އެޖެންސީތަކުން ރިޕޯޓުކޮށްފިއެވެ.

ކްރެމްލިންގެ މަސްދަރަކާ ހަވާލާދީ މި މަޢުލޫމާތު ހާމަކޮށްފައިވާއިރު، ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންނަށް ހިމާޔަތް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޓަފެކްސް ނިއުސް އެޖެންސީން ބުނެފައިވަނީ ސޫރިއާގެ ރައީސް އަލްއަސަދު މޮސްކޯއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ރަޝިއާއިން ބައްޝާރަށާއި އޭނާގެ އާއިލާއަށް ހިމާޔަތް ދީފައިވަނީ އިންސާނީ ސަބަބުތަކާހުރެ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. ރަޝިއާގެ ގައުމީ ޓީވީންވެސް ވަނީ ބައްޝާރު ރަޝިއާގައި ހުންނެވި ކަން ރިޕޯޓުކޮށްފައެވެ.

ބައްޝާރު އެންމެ ފަހުން ފެނިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދިމިޝްގުގައި އިރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިއިރުއެވެ. އޭގެފަހުން ސޫރިއާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ ކުއްލި ގޮތަކަށް ހަމަލާތައް ވަރުގަދަކޮށްފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު)ގެ ވެރިޔާ ރާމީ އަބްދުއްރަހްމާން ބުނި ގޮތުގައި ބައްޝާރު ވަޑައިގަތް ކަމަށް ބެލެވޭ މަތިންދާބޯޓެއް ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔައެވެ. އޭގެ ފަހުން ސިފައިން ވަނީ އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުންވެސް ދޫކޮށްލައިފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ސޫރިއާ ސިފައިންގެ އިސް ދެ އޮފިސަރުންނާ ހަވާލާދީ ބުނެފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ދިމިޝްގު އެއާޕޯޓުގައި ސީރިއަން އެއާގެ ބޯޓަކަށް އަސަދު އަރާވަޑައިގެންނެވި ކަމަށެވެ. ފްލައިޓްރާޑާ24 ގެ ޑޭޓާއިން ދައްކާ ގޮތުން މަތިންދާބޯޓު އެންމެ ފުރަތަމަ ދަތުރުކުރީ ވެރިރަށާ ދުރަށް އިރުމައްޗަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy