މިފްކޯގެ ސީއީއޯއަކަށް ޔޫކްރެއިންގެ މީހެއް ހަމަޖައްސަން ނިންމައިފި

ޑރ. ވިޓާލީ ލުބިމޯވް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ޔޫކުރެއިންގެ ރައްޔިތެއް ހަމަޖައްސަން ނިންމައިފިއެވެ.

އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި މިފްކޯގެ ސީއީއޯ ކަމަށް ހަމަޖައްސަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނިންމާފައިވަނީ ޑރ. ވިޓާލީ ލުބިމޯވްއެވެ.

ޑރ. ވިޓާލީއަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ޔޫކުރެއިނަށް އުފަން، މިހާރު ސުވިޒަލޭންޑުގައި ދިރިއުޅުއްވާ ބޭފުޅެކެވެ. މި ހަފުތާ ތެރޭގައި އޭނާ ރާއްޖެ ވަޑައިގެން މިފްކޯގެ ސީއީއޯގެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށް ވެއެވެ.

ޑރ. ވިޓާލީގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާ ވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. އަދި އޭނާއަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް އޭނާގެ ޕްރޮފައިލްގައި ބުނެފައިވެއެވެ.

ޑރ. ވިޓާލީ ވަނީ ބައެއް ބޭންކުތަކުގެ ކްރެޑިޓް އަދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ބޯޑު މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައިވާ އިރު، ބައެއް ކެޕިޓަލް ފަންޑުތަކުގެ ޗީފް ރިސްކް އޮފިސަރުކަން ވެސް ކުރައްވާފައިވެއެވެ.

މި ސަރުކާރު އައުމަށް ފަހު މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި އަހުމަދު ޝަމާހު ރަޝީދު ވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ތުހުމަތުވުމާ ގުޅިގެން މޭ މަހުގެ ތެރޭގައި މަޤާމުން ވަކިކޮށްފައެވެ. އޭގެ ފަހުން މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަޤާމު އޮތީ ހުސްކޮށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy