ރާއްޖެ އައި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 2،140 ޕެސެންޖަރުން

--މި ސީޒަންގެ ފުރަތަމަ ކްރޫޒް ލައިނާ

މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާ "އެމްއެސް އައިޑާ ސްޓެލާ" 2،140 ފަސިންޖަރުންނާއި 639 ފަޅުވެރިންނާއި އެކު އިއްޔެ ވަގުތެއްގައި ރާއްޖެ އައިސްފިއެވެ.  

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ) ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މި ކްރޫޒްލައިނާ ރާއްޖެ އައީ އޮމާންގެ ވެރިރަށް މަސްކެޓުން ކަމަށެވެ. އަދި ދެ ދުވަހު ރާއްޖޭގައި މަޑުކުރުމަށްފަހު ދެން އެ ކްރޫޒްލައިނާގެ މަންޒިލަކީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ކަމަށް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މި ސީޒަންގައި ގާތްގަނޑަކަށް 14 ނުވަތަ 15 ކްރޫޒްލައިނާ ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ސީޒަން ނިމޭނީ އަންނަ އަހަރުގެ މާޗު މަހަށް ކަމަށް ފާހަގަކުރައްވައި، މިއަހަރު ރާއްޖެ އަންނަ ކްރޫޒްލައިނާގެ އަދަދަކީ މާޔާއިން އުންމީދުކުރާ ވަރަށްވުރެ ދަށް އަދަދެއް ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދަށް އިސްލާހެއް ނުގެނެވި އެތައް ދުވަހެއްވުމުގެ ސަބަބުން ރާއްޖެއަށް އަންނަން އުޅޭ ޔޮޓުތަކާއި ކްރޫޒްލައިނާތައް ކެންސަލް ކުރަމުންދާތީ މީގެ ކުރިން ވެސް މާޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެ ގަވާއިދުތައް ޓޫރިޒަމް މިނިސްޓްރީން މިހާރު ބަދަލުކޮށްދީފައިވާ ކަމަށާއި، އަންނަ އަހަރުގެ ފަހުކޮޅުގެ ސީޒަނުން ފެށިގެން ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy