ރައީސުލްޖުމުހޫރިއްޔާ މަތިވެރި ރައްޔިތުންނާޢި ބައްދަލުކުރެއްވުމުގެ ތެރެއިން
އއ. އަތޮޅުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މި ޔަޤީންކަން އެމަނިކުފާނު ދެއްވާފައި ވަނީ އެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މަތިވެރީގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ.
އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން 5 ސެޕްޓެމްބަރު 2023 ގައި ރައީސް މުއިއްޒު ވެވަޑައިގަތް ވައުދެކެވެ. ރައީސް ވިދާޅުވެފައިވަނީ އެ އަތޮޅުގައި އެއާޕޯޓެއް އޮތުމަކީ އިޤްތިޞާދީ ގޮތުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ އއ. އަތޮޅުގައި އެއާޕޯޓެއް އޮތުން އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ވަނީ، އެ އަތޮޅުގައި ރިސޯޓުތައް ހުރުމާއި ލޯކަލް ޓޫރިޒަމް ފުޅާވެފައި އޮތުމުގެ ސަބަބުންނެވެ. އަދި އެކި ސަރަޙައްދުތަކުގެ ސަރުކާރުގެ ސިޔާސަތުތައް ކުރިއަށްގެންދިއުމަށްޓަކައި ވެސް އެ ސަރަޙައްދުގައި އެއާޕޯޓެއް އަޅަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެއާޕޯޓު އެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ރަށަށާއި އެ ދާއިރާ އަދި އެ ސަރަޙައްދުގެ އެހެން ރަށްތަކަށް ވެސް ޓޫރިޒަމްގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވިގެންދިއުން ކަމަށެވެ. އަދި އެހެނިހެން އިޤްތިޞާދީ ކަންކަން ކުރުމުގައި ވެސް އެއީ ނަފާ ލިބޭ، ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅިގެން ކައުންސިލާއި މިނިސްޓްރީން މިކަމުގެ ކޮންސެޕްޓާއި ޕްލޭން އަވަހަށް ނިންމައިދިނުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ. އަދި މި މަޝްރޫޢާ އެކީގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް