މިނިސްޓަރ ޝަހީމް ނާއިޝް އާއި ބައްދަލުކުރެއްވުން / ފޮޓޯ: މިނިސްޓްރީ
އިސްލާމީ ކެލިގްރަފީގެ ދާއިރާއިން ހުނަރުވެރިކަން ދައްކުވައިދިން ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ހުސެން ނާއިޝްއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ވާހަކަ ދެއްކުމާއި އިވުމުން މަހުރޫމްވެފައިވާ ނާއިޝް ވަނީ އޭނާގެ ސްކޫލުގެ އެކި ފާރުތަކުގައި ގުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފައެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ކެލިގްރަފީގެ ހުނަރުވެރިކަން އެކި ގޮތްގޮތުން ދައްކުވައިދީފައެވެ.
ޖަމާލުއްދީން ސްކޫލުގެ ފާރުތަކުގައި ލިޔެފައިވާ ކެލިގްރަފީ ގިނަ ބައެއްގެ ސަމާލުކަން ހޯދުމާ ގުޅިގެން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ނާއިޝް އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ނާއިޝްގެ ހުނަރު ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިވާން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނާއިޝްއަށް ދޭން ނިންމާފައިވާ އެހީތަކުގެ ތެރޭގައި ހިމެނެނީ، ދާއިރާއިން ބޭނުންވާ ހުނަރުތައް ތަރައްގީކޮށް ދަސްކުރުމަށް އެހީތެރިވުމާއި، ސްކޫލް ނިމުމުން ގުރުއާނާ ބެހޭ މަރުކަޒުގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް އޭނާއާ ހަވާލުކުރުމެވެ. މީގެ އިތުރުން، އަންނަ އަހަރު ހުޅުވާ އައްޑޫގެ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ލިޔުންތައް ބެހެއްޓުމާއި، އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމަށް ވެސް ނިންމާފައިވެއެވެ.
ށ. ކަނޑިތީމަށް އުފަން މި ދަރިވަރު އެންމެ ފުރަތަމަ އަރަބި ކެލިގްރަފީއެއް ތައްޔާރުކުރީ 2022 ވަނަ އަހަރު ބޭއްވި ރިވެލި މައުރަޒަށް ކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް