ރައީސް ޑރ. މުއިއްޒު އއ. ތޮއްޑޫ ގައި މިއަދު ވާހަކަފުޅު ދައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ދޫކުރުމުގެ ސަގާފަތް މި ސަރުކާރުން ނައްތާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅާއި, މާލެ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ފައިދާ ހޯދުމަށް ޓަކައި އެކި އިންތިހާބުތަކާ ދިމާކޮށް ޖަލު ތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓް ނުކޮށް ދޫކޮށްލުމުގެ ސަގާފަތް، މި ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ.
އެހެން އަހަރުތަކުގައި، އެކި އިންތިހާބުތަކާ ދިމާކޮށް ބޮޑެތި އަދަދުތަކުން ގައިދީން މިނިވަންކުރަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު، މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ގާނޫނުގައި އޮންނަ ފުރުސަތު ތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ މުޅި ޖުމުލަ 86 މީހުންކަން ކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ، މި ހިނގާ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރި، ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމް ތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި، ހުކުމް މައާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވާފަ އެވެ.
މި ސަރުކާރަށް އެއް އަހަރު ވީއިރު މައާފުކޮށް އަދަބު ލުއިކޮށްދީގެން ދޫކުރީ 86 ގައިދީންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެހެންކަމަށްވާއިރު، އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި 762 ގައިދީން ދޫކޮށްފައިވާ ކަމަށެވެ.
ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް 429 މީހުން ދޫކޮށްލި ކަމަށާއި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާ ދިމާކޮށް ވެސް 458 މީހުން ދޫކޮށްލި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި ވެސް 256 މީހުން ދޫކޮށްލި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރުން އިސްކަން ދޭނީ ތަރައްގީ އާއި ހަމަޖެހުމަށްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިޔާސީ ވިސްނުން ކުރިއަށް ނެރެ، ބަދަލުހިފުމުގެ ރޫހެއްގައި މަސައްކަތް ނުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް