މީޑިއާ ކައުންސިލަށް އާ މެންބަރުން އިންތިޚާބުކޮށްފި

އެމްއެމްސީ އަށް މެމްބަރުން ގެ ދައުރަކީ 3 އަހަރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އާ މެންބަރުން މިއަދު އިންތިޚާބުކޮށްފި އެވެ.

މިހާރު އޮތް އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް މީޑިއާތަކުގެ މެދުގައި އިންތިޚާބު ބޭއްވީ މިއަދު ސޯޝަލް ސެންޓަރުގަ އެވެ.

މި އިންތިޚާބުގައި މީޑިއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި އެވެ. އަދި 139 މީޑިއާއަކުން ވޯޓުލާފައިވެ އެވެ. މީޑިއާތަކުން އިންތިޚާބުކުރި ހަތް މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިފައި ވަނީ މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު އަށެވެ. އޭނާއަށް 118 ވޯޓުލިބިފައި ވެއެވެ.

ދެވަނައަށް އައީ ވަގުތު ނޫހުގެ ނަޖާޙު މަސްއޫދު 117 ވޯޓާ އެކު އެވެ. މީގެ އިތުރުން ދެން ހޮވިފައި ވަނީ އާފަތިސް ނޫހުން ހަސަން ޝާކިރު - 93 ވޯޓް، ހަފްސީ.ކޮމޮ އިން ހަފްސީ އަބްދުﷲ - 75 ވޯޓް، ތިލަދުން ނޫހުން ހުސައިން ޝަގީފް - 74 ވޯޓް، 27 އޮން ލައިނުން ހުސެއިން ހަސަން - 74  ވޯޓް އަދި ދިޔަރެސްގެ ފާތިމަތު ނަހުދާ ފާއިޒް – 71 ވޯޓާއި އެކުގައެވެ.

އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުން އިންތިޚާބު ކުރި ތިން މެންބަރުންގެ ތެރޭގައި ގާނޫނީ ވަކީލު އިބްރާހިމް ފައުޒީ 80 ވޯޓާއެކު ހޮވުނުއިރު ، އެމްއެމްސީގެ ކުރީގެ ލީގަލް ހެޑް ފާތިމަތު ފަހުމީ ހޮވުނީ 76 ވޯޓާއި އެކުގައެވެ. އަދި ކުރީގެ ނޫސްވެރިޔާ އިބްރާހިމް މުޙައްމަދު ހޮވުނީ 46 ވޯޓައި އެކުގައެވެ.

މި އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ދިޔައީ ވަރަށް އޮމާންކޮށް، މާބޮޑެތި މައްސަލަތަކެއް ނެތި އެވެ. ނަމަވެސް އިންތިޚާބުގެ ފަހު ވަގުތަށް ވެފައި އޮއްވާ ވޯޓަރސް ލިސްޓަށް ބަދަލުތަކެއް ގެނައި މައްސަލައެއް ބައެއް ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅި އެވެ.

މި އިންތިޚާބާ ގުޅިގެން އާ މެންބަރުން މަޤާމާ ޙަވާލުވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށް އެމްއެމްސީން މަޢުލޫމާތު ދީފައިވެ އެވެ. އާ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަހެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy