ޕެންޝަން ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާ ކުރަނީ ފިރިހެނުން

ޕެންސަން ފައިސާ ފަހަށް ރައްކާކުރެވޭ އެއްޗެއް

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކުރަނީ ފިރިހެނުންކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރި ފިރިހެން މުވައްޒަފުންގެ އަދަދު 84,794 ގައި އުޅޭއިރު، އަންހެން މުވައްޒަފުންގެ އަދަދަކީ 49,764 އެވެ.

ފިރިހެން މުވައްޒަފުން ފަންޑަށް ކޮންޓްރިބިއުޓްކުރި ފައިސާގެ އަދަދު 1.04 ބިލިއަން ރުފިޔާގައި އުޅޭއިރު، އަންހެން މުވައްޒަފުން ޖަމާކުރި އަދަދު އުޅެނީ 498.2 މިލިއަން ރުފިޔާގައެވެ. ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 127,000 އެވެ.

އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ފަންޑަށް ފައިސާ ޖަމާކުރާ ފިރިހެނުންގެ އަދަދު 35,060 އަށް އަރާއިރު، އަންހެނުންގެ އަދަދަކީ 12,034 އެވެ. ސަރުކާރު މުވައްޒަފުންގެ ތެރެއިން ފަންޑަށް ފައިސާ ޖަމާކުރާ އަންހެނުންގެ އަދަދު 27,189 އަށް އަރާއިރު، ފިރިހެނުންގެ އަދަދަކީ 24,204 އެވެ.

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ޖުމްލަ އަދަދު މިހާރު 190,458 އަށް އަރާއިރު، ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ އަދަދަކީ 181,901 އެވެ. ފަންޑުގެ ޖުމްލަ އަދަދު 24.3 ބިލިއަން ރުފިޔާއަށް އަރާއިރު، މެމްބަރުންގެ ފަރާތުން ފަންޑަށް ޖަމާކުރި އަދަދު 15.2 ބިލިއަން ރުފިޔާގައި އުޅެއެވެ.

މި ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓްކޮށްގެން ރިޓަޔަމަންޓަށް ފައިސާ ރައްކާކުރެވޭ ނިޒާމެކެވެ. މި ފަންޑަށް ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ކޮންމެ މަހަކު މުވައްޒަފުގެ އަސާސީ މުސާރައިގެ 7 އިންސައްތަ ޖަމާކުރެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy